ޙުސައިން ނަޡީރު =ނޫން
http://dhiconstitution.wordpress.com
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެކަށަ އެޅުމަށް ދައުލަތުގެ ބައެއް އިސްފަރާތްތަކުގެ އެދުމުގެ މަތިން ލަފަޔާއި އރުޝާދުދިނުމަށް، ސަރ.ބީ.އެޗް.ބޯޑިލޯން މާލެވަޑައިގަތެވެ. އެއީ 5 މާރޗް 1931 ގައެވެ.
ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކަށްޗަކި ހަރުދަނާ ޤާނޫނުއަސާސީ އެކެވެ. މިގޮތުން ޑިމޮކްރަސީގެ ބިންގާ ދިވެހި ރައްޔިތުން އެޅީ 1932 ގައި އުފެދުނު ޤާނޫނު އަސާސީއާއިއެކުގައެވެ. މި ޤާނޫނުއަސާސީ އިޢުލާން ކުރެވުނީ 22 ޑިސެންބަރު 1932 ގައެވެ. އެ ޤާނޫނުއަސާސީ އުފެދުމަށް މެދުވެރިވި އެތަށް ސަބަބުތަކެއް ވެއެވެ.
އެދުވަސްވަރު ޒަމާނުއްސުރެ ކަންހިގަމުން ދާއުސޫލުގެ މަތިން ރަސްކަން ހިންގަމުންދިޔައީ އެއްއާއިލާއަކުންނެވެ. އެއީ ހުރާދަރިކޮޅެވެ. ރަދުންނަކީ ކިލެގެފާނުގެ ބޭބޭފުޅެކެވެ. ދެންތިއްބެވީ ކިލެގެގެ ދެދަރިކަލުން މުޙައްމަދު ފަރީދާއި ހަސަން ފަރީދެވެ. އަދި އެކިލެގެގެ އަޚް އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީނެވެ. ނަމަވެސް މި އާއިލާތެރޭގައިވެސް އޮތީ އެކުވެރިކަމާ ހަމަޖެހުމެއްނޫނެވެ. އެއްސަބަބަކަށްވީ ކިލެގެ ބޮޑުވަޒީރުގެ އަތްދަށުގައި ބޭނުން ގޮތަކަށް ހަރަދުކުރުމަށް ބަނޑޭރިގެ އޮތުމެވެ. ނަމަވެސް ވަލީއަހުދު ޙަސަން ޢިއްޒުއްދީން އާއި ރަދުން ނަށް އޮންނަނީ ވަކިވަރެއްގެ މުސާރައެއް ކަޑައަޅުއެޅި އިތުރު އެލެވެންސްތަކެއް ނުލިބޭ ގޮތަށެވެ. އެހެންކަމުން ޙަސަން ޢިއްޒައްދީންގެ ހިތްޕުޅުގައި ލިއެވި ޤަރާރުވެފައިވާ ޤާނޫނުތަކެއް އެކުލަވާލުމުގެ އެދުން އުފެދިއްޖެއެވެ. އެހާރުން ކިލެގެއަށްވެސް ހަރަދު ކުރެވޭނީ އޭގައިވާ އުސޫލެއްގެ މަތިން ކަމަށްބުނެއެވެ. އަދި ރަދުންނަށާ ވަލީއަހުދައްވެސް އެއުސޫލުން ކަންތައްތައް ހަމަޖެހޭނެ ކަމަށް ބައްލަވާފައެވެ. މިހިޔާލުފުޅު ރަދުންނަށް ދެއްވީ ޢިއްޒައްދީނެވެ.
ރަސްގެފާނާއި ވަލީއަހުދު މިރޭވުމުގައި ވަނިކޮށް ދެންތިއްބެވި އސްވެރިން ގެންދެވީ ހަމަ އެފަދަ ރޭވުންތަކެއްގެ މަތިން ކަންކުރަށްވަމުންނެވެ. މިގޮތުން އޭރުގާ ރާއްޖޭގާ ހުންނެވި ރަދުންގެ ދަރިކަލުން އަލްއަމީރު ހަސަން އިއްޒއްދީން ރަސްކަމަށް އިސް ކުޅައުމާ ދެކޮޅަށް ވެރިކަމުގެ އިސް ސަފުގާ ތިބި އެތައް ބަޔަކު ތެދުވި ތެދުވުން ފާހަގަކުރެވެއެވެ. އެކަމާއިގުޅިގެން ހަރުދަނާ ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމް ކުރުމަށް އިސްސަފުގާތިބި ގިނަ އަދަދެއްގެ ބަޔަކު ދިޔައީ އެދެމުންނެވެ. ނަމަވެސް ތިންވަނަ ފަރާތެއްގެ ބާރުއެޅުމާނުލާ މިކަން ނުވެދާނެކަމަށް ފެންނާތީ އިގިރޭސިންގެ އެހީއަށް އެދިފައިވާކަން އެގެން އެބައޮތެވެ.